ބީއެމްއެލް އިން އަންނަނީ މިހާރު ކުރިޔަށްދާ ވޯލްޑްކަޕް 2026 އާ ގުޅިގެން ހާއްސަ ޗެލެންޖެއް ކުރިޔަށް ގެންދަމުންނެވެ.
'ވޯލްޑް ކަޕް މަޖާ 2026" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޗެލެންޖުގައި ބޭންކުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ޗެލެންޖުތައް ހަވާލުކުރަމުންނެވެ.
އެގޮތުން މި ހަފްތާގެ ޗެލެންޖުގެ ގޮތުގައި އޮތީ ރަނގަޅު ތަނާ މެސީ ދިމާކޮށްލުމެވެ. މިކަން ކޮށްލާ މިރޭ ދަންވަރު 12 ގެ ކުރިން ސްކްރީން ޝޮޓެއް ފޮނުވާލަން ބޭންކުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ޗެލެންޖެގައި ކޮންމެ ހަފްތާއަކުވެސް އެއްވަނަ އަށް ދާ މީހަކަށް 1000 ރުފިޔާ ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މުޅި ޗެލެންޖުން އެއްވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ އިނާމެއް ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;