މެޗުގެ ފުރަތަމަ ހާފް އެއްކޮށް ކޮންޓްރޯލްކޮށް، ނިއު ޒީލެންޑް އޭރިޔާ ތެރޭގައި ކުޅެ އެޓޭކް ކުރި ނަމަވެސް ޖެހުނީ އެންމެ ގޯލެކެވެ. ޓްރޮސާޑް ފޮނުވާލި ބޯޅައެއް ނިއު ޒީލެންޑް ކުޅުންތެރިއަކު އަތުގައި ޖެހުނުކަމަށް ބަލާ ރެފްރީ ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ޕެނަލްޓީއެއް ނޫންކަމަށް ނިންމިއެވެ. ޓްރޮސާޑް ފުރަތަމަ ހާފްގައި ޖެހި ގޯލަށްފަހު، ބެލްޖިއަމްގެ ލަނޑުތައް ފެނުނީ ދެވަނަ ހާފްގަ އެވެ.
ދެވަނަ ހާފު ފެށުމާއެކުވެސް ބެލްޖިއަމުން ބޯޅައިގެ ކޮންޓްރޯލް ހޯދި އެވެ. ހާފުގެ ފުރަތަމަ ފަސްވަރަކަށް މިނެޓް ތެރޭގައި ޑި ބްރޭނާގެ ހަމަލާއަކުން މާބޮޑު ނުރައްކަލެއް ނުވެ ދިޔަ ނަމަވެސް، 50 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖެހި އެވެ.
އެ ގޯލްވެސް ޖަހައިދިނީ ޓްރޮސާޑެވެ. ވަނަކަން ދުއްވާލި ޕާސް، އޭރިއާ ތެރެއިން ޓްރޮސާޑް ފޮނުވާލުމުން ފުރަތަމަ ކްރޮކޯމްބޭ މަތަކުރި ނަމަވެސް ރިބައުންސްވެސް ލިބުނީ ޓްރޮސާޑަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒު ކޮށްލީ ގޯލް ތެރެއަށެވެ.
ބެލްޖިއަމުން އެހިސާބުން ހަމަޖެހިލާ، އެޓީމުގެ ގޭމް ކުޅެމުން ގޮސްފައިވާ އިރު، ތިންވަނަ ގޯލަކަށްވެސް ދިޔައީ ފުރުސަތު ފަހި ކުރަމުންނެވެ. ހާއްސަކޮށް މެދުތެރެއިން ޑި ބްރޭނާއަށް ޖާގަތައް ހުސްވަމުން ގޮސް، މެޗުގެ 66 ވަނަ މިނެޓުގައި އޭނާގެ ގޯލެއް ފެނިގެން ދިޔައެވެ.
އޭރިއާ ބޭރުން ލިބުނު ބޯޅައިގައި ކުރިއަށް ޖެހިލާފައި ޑި ބުރައިނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ތިރީ ކަނަށެވެ. އެހިސާބުން ގްރޫޕްގެ އެއްވަނައާއެކު ބެލްޖިއަމުން ގަދަ 32 ޔަގީންވުމާ ގާތަށް ޖެހިލި އެވެ.
ބެލްޖިއަމްގެ ލަނޑަކަށް ފަހު ލުކާކޫ އާއި ކެވިން ޑިބްރޭނާ - ފޮޓޯ: ރޮއިޓާސް
އެލަނޑަށްފަހު ޑި ބުރައިނާއާއި ޓްރޮސާޑްވެސް ބަދަލުކުރި އެވެ. ބޭންޑް އަޅައިގެން ނިކުތީ ލުކަކޫ އެވެ. ލުކަކޫ ކުޅެން ނިކުމެ ފުރަތަމަ ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން ބެލްޖިއަމްގެ ހަތަރު ވަނަ ލަނޑު ޖެހިއެވެ. އެއީ ލުކަކޫއާއެކު ކުޅެން ނިކުއިން ނިކޮލަސް ރަސްކިން ނަގައިދިން މޮޅު ހުރަހެކެވެ. ބެލްޖިއަމްގެ ފަސްވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ އަލެކްސް ސައެލްމޭކާ އެވެ.
މި މެޗުގައި ބެލްޖިއަމުން ޖުމްލަ 34 ޝޮޓް ގޯލަށް ހަދާފައިވާއިރު، އޭގެ ތެރެއިން ގޯލާއި އަމާޒުވެފައިވަނީ 7 ޝޮޓެވެ. މިޔާ ހިލާފަކަށް ނިއުޒީލެންޑަށް ފޮނުވާލެވިފައިވަނީ އެންމެ 6 ޝޮޓެވެ. އޭގެ ތެރެއިން ގޯލާއި ސީދާވެފައިވަނި 2 ޝޮޓެވެ.
ބެލްޖިއަމުން ފުރިހަމަ މޮޅެއް ހޯދަން ދަނިކޮށް ފަހުކޮޅުގައި ނިއު ޒިލޭންޑް ގޯލެއް ޖެހި އެވެ. އެ ގޯލް ޖަހައިދިނީ އެލީޖާ ޖަސްޓެވެ. އެއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި ތިންވަނަ ގޯލެވެ. ނިއު ޒިލޭންޑްގެ ފުރަތަމަ މެޗުގައި އިރާން ކޮޅަށް ޖަސްޓް ދެ ގޯލް ޖެހި އެވެ.
ބެލްޖިއަމްގެ ގޯލު ކާމިޔާބުކޮށްދިން ޓްރޮސާޑް - ފޮޓޯ: ގެޓީ އިމޭޖެސް
އިތުރު ވަގުތުގެ ތެރޭގައި އަލެކްސިސް ސަލަމޭކާ ވަނީ ބެލްޖިއަމްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މި ނަތީޖާއާ އެކު ބެލްޖިއަމް އާއި މިސްރަށް ވެސް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ބެލްޖިއަމް އެއްވަނައިގައި އޮތީ ފައިދާ ހަތަރު ގޯލާ އެކު އެވެ.
މިސްރަށް ލިބިފައި ވަނީ ފައިދާ ދެ ގޯލެވެ. މިއީ މިސްރު، ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ނޮކައުޓް ބުރަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މިސްރު ފަހު މެޗުގައި އިރާނާ ވާދަކޮށް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.
ބެލްޖިއަމް އާއި މިސްރުގެ އިތުރުން އިރާން ވެސް މި ގުރޫޕްގައި މެޗަކުން ބަލި ވެފަ އެއް ނުވެ އެވެ. ކޮންމެ މެޗަކުން ޕޮއިންޓެއް ހޯދައިގެން ޖުމްލަ ތިން ޕޮއިންޓާ އެކު އިރާން އޮތީ ތިންވަނައިގަ އެވެ. ނިއުޒިލެންޑް ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.
މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ އަށް ޓީމަށް ވެސް ނޮކައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;