ދިރާގުން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް ފަސް ޕަސެންޓާއި 15 ޕަސެންޓާ ހަމައަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ.
އީޒްއެޕަކީ ރާއްޖޭގެ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ޑިޖިޓަލް މަންސައަކުން ގުޅުވައިދިނުމަށް ތައާރަފުކުރެވުނު ފުރަތަމަ މަލްޓި ސާވިސް ސުޕަ އެޕެވެ. އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށް ހަލުވިކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އީޒްއެޕް މެދުވެރިކޮށް ކާބޯތަކެއްޗާއި ގްރޯސަރީ ޑެލިވަރީގެ އިތުރުން އެކި ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދެ ވެއެވެ.
ދިރާގުން ބުނީ އީޒެޕަކީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭ އިތުބާރު ހުރި ޑިޖިޓަލް މަންސައެއް ކަމަށެވެ.
މިއީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭ، އިތުބާރު ހުރި ޑިޖިޓަލް މަންސައެކެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.
ދިރާގުން އަންނަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;