ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ އެއާޕޯޓު ތަރައްގީކުރާނީ ގިނަ ރިސޯޓްތަކާ އެކު އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު އެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އެކްސްގައި ވީޑިއޯ ކޮޅަކަކާއި އެކު ކުރި ޕޯސްޓެއްގައި ބުނީ ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު ލ. އިސްދޫ - ކަލައިދޫގައިކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެެއް މިނިސްޓްރީން ނުދެއެވެ.
ލ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ ކައްދޫގައި އެކަންޏެވެ.
ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއިރު، ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރިކައިރީގައި އެއާޕޯޓްތައް އެޅުމުން ލޯކަލް ޓޫރިޒަމަށް ވެސް ކުރަން ޖެހޭ މަންފާތައް ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;