ތޯރިގާއި އާދަމް ޝަރީފު ވަޒީރުކަމުން އިސްތިއުފާ ދެއްވީ އެޕްރީލް 14 ވަނަ ދުވަހު އެވެ.
މި ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އައްޔަން ކުރީ ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށެވެ. ކުރީގެ ލޯކަލް ގަވަރަމަންޓް މިނިސްޓަރު އައްޔަން ކުރީ ގަތަރުގެ ސަފީރަކަށެވެ.
އެ ދެ ބޭފުޅުންނަށް ސަފީރުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;