މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ އެކްސްޕޯތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ ޖުލައި 2-4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. އެ ދުވަސްތަކުގައި އެކްސްޕޯ ހުޅުވިފައި ހުންނަނީ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ.
މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު" އެވެ. އެ އެކްސްޕޯގައި ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ދޫކުރާ އިދާރާތަކާއި މާލީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ދައުލަތުގެ އިދާރާތައް ބައިވެރިވާނެ އެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ހިދުމަތެއްކަން ދެނެގަތުމަށްވެސް އެހީތެރިވެދޭނެ އެވެ.
ވަކިވަކި ބޭންކުތަކަށް ނުވަތަ މާލީ އިދާރާތަކަށް ދިއުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށުން ގިނަ އަދަދެއްގެ މާލީ އުފެއްދުންތަކާއި ހިދުމަތްތައް އަޅާކިޔާލުމުގެ ފުރުސަތު މި އެކްސްޕޯއިން ލިބިގެންދާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ. ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސިންގް އިދާރާތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން މި އެކްސްޕޯގައި ބައިވެރިވެ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، މި އެކްސްޕޯއަކީ އެންމެހައި ރައްޔިތުން މާލީ ނިޒާމުގެ ތެރޭގައި ޝާމިލުކުރުވުމަށާއި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިންގޭ ބޮޑު ހަރަކާތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;