ads
ބޭރު މަގުގައި ބުދަ ދުވަހު ތާރު އަޅަން ފަށަނީ
ބޭރު މަގުގައި ބުދަ ދުވަހު ތާރު އަޅަން ފަށަނީ
ބޮޑޮތަކުރުފާނު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރަމުގެ މަސައްކަތުގެ ދަށުން އަންނަ ހަފްތާގެ ބުދަދުވަހު އެމަގުގައި ތާރު އަޅަން ފަށާނެކަަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ.   

އެމްޓީސީސީން ބުނީ އެމަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށާނީ އެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ބާކީ އޮތް ސަރަހައްދުގައި ތާރު އަޅަން ފަށާނީ ފުރަތަމަ ބައިގައި އެއްކޮށް ތާރު އަޅައި ނިމުމުންކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

your imageބޭރުމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ މަހުގެ 26 އަށް ހުޅުވުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;