ads
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަން ނޯޓްކުރަން ހުޅުވާލައިފި
ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު، ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
Advertisement

ހދ. ހިރިމަރަދޫ ކައުންސިލާއި ކައުންސިލްގެ އިދާރާ އުވާލީ އެރަށު ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާ، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރަޢީސް ޑރ މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން ހިރިމަރަދޫ ރައްޔިތުންގެ ކަންކަން ބަލަހައްޓަމުން އަންނަނީ ހަނިމާދޫ ކައުންސިލުންނެވެ. 

ހިރިމަރަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހޯރަފުށީ ކައުންސިލްގެ މިދިޔަ މާރިޗުމަހުގެ 27 ވަނަ ދުވަހު ބޭއްވި އާންމު ޖަލްސާގައި ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމަށް ދައުވަތެއް ދޭން ފާސްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި ނިންމުން ނިންމާފައި ވަނީ ހޯރަފުށީގެ ކުރީހެ ކައުންސިލުންނެވެ.

އެ ނިންމުމާއި ހަވާލާދީ ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ  ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން އެދޭ ރައްޔިތުންނަށް އެކަމަށް އެދި ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން ހއ. ހޯރަފުއްޓަށް ބަދަލުވާން އެދޭ ހިރިމަރަދޫ ރައްޔިތުން އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓްކުރަން ހަމިނާދޫ ކައުންސިލުން ވަނީ އެދިފައެވެ. 

ނަން ނޯޓުކުރަން ބޭނުންވާ މީހުން ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) އަށް ނުވަތަ ހަނިމާދޫ ކައުންސިލަށް ހާޒިރުވެގެން ނަން ނޯޓުކުރެވޭނެ ކަމަށް ވެސް ހަނިމާދޫ ކައުންސިލުން ބުނެފައިވެ އެވެ. އަދި  ކައުންސިލްގެ މެއިލް ނުވަތަ ފޯނު ނަމްބަރު 4002064 އަށް ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުނެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;