ads
މެޗަށް ފަހު ދެކުނު ކޮރެއާގެ ކެޕްޓަނާއި ކުޅުންތެރިން މާޔޫސް ވެފަ - ފޮޓޯ: އޭއެފްޕީ
ފީފާ ވޯލްޑް ކަޕް: ކޮރެޔާ ބަލިކޮށް ދެކުނު އެފްރިކާ ދެ ވަނަ ބުރަށް!
ސައުތު އެފްރިކާ އަތުން 1-0 އިން ބަލިވެ ސައުތު ކޮރެޔާއަށް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދަން ހުރަސްތައް ކުރިމަތިވެއްޖެ އެވެ.
Advertisement

މެކްސިކޯގެ އެސްޓާޑިއޯ މޮންޓެރޭގައި މިއަދު ހެނދުނު ކުޅުނު މި މެޗުން މޮޅުވެ، ސައުތު އެފްރިކާއިން ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ސައުތު ކޮރެއާގެ ޑިފެންޑަރު ކިމް މިން ޖޭ ބޮލުން ފޮނުވާލި ހަމަލާއަކާއި، ލީ ކަންގް އިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ފާހަގަކޮށްލެވެއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސައުތު އެފްރިކާއިން މެޗުގެ ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. މޮރެމީ ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޕެލޯ މަސޭކޯ އެވެ. 

your imageދެކުނު އެފްރިކާގެ ގޯލު ޖެހުމަށް ފަހު މަސޭކޯ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

މި ލަނޑަށްފަހު ސައުތު ކޮރެއާއިން މެޗުގެ ނަތީޖާ އަނބުރާލުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ސައުތު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.

މި ނަތީޖާއާ އެކު ނޮކައުޓް ބުރުގައި ދެކުނު އެފްރިކާ ވާދަ ކުރަން ޖެހޭނީ ގުރޫޕް ބީގެ ދެވަނަ ހޯދި، މުބާރާތުގެ ކޯ ހޯސްޓް ކެނެޑާއާ ދެކޮޅަށެވެ. މިއީ ދެކުނު އެފްރިކާ އާއި ކެނެޑާ ވެސް މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.

އެކަމަކު ތިންވަނަ ހޯދާ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އަށް ގައުމަށް އޮތް ފުރުސަތު ސައުތު ކޮރެޔާއަށް އަދި ނުގެއްލެ އެވެ. މިވަގުތު ސައުތު ކޮރެޔާ އޮތީ އަށް ގައުމުގެ ލިސްޓުން ހަތަރު ވަނައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;