ކެނެޑާގެ ވެންކޫވާގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން 39 ސިކުންތު ތެރޭގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރުބެން ވާގަސް އެވެ.
އަދި މެޗުގެ 57 ވަނަ މިނެޓުގައި ޖޯހަން މަންޒަމްބީ ވަނީ ސްވިޒަލެންޑުގެ ލީޑު ފުޅާކޮށްދީފަ އެވެ. މި މެޗުގައި ކެނެޑާއިން ފަރަގު ކުޑަކޮށްފައިވަނީ 76 ވަނަ މިނެޓުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޕްރޮމިސް ޑޭވިޑް ޖަހައިދިން ލަނޑުންނެވެ.
މި ބައްޔާއެކު މުބާރާތް ބާއްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ކެނެޑާ ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދަތުރުކޮށްފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއިން ވަނީ 3-1 ގެ ނަތީޖާއަކުން ގަތަރު ބަލިކޮށްފައެވެ. އެއާއެކު ގްރޫޕް ބީގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފަ އެވެ.
ގްރޫޕުގެ އެއްވަަނައިގައި ސްވިޒަލެންޑް އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ކެނެޑާއާއި ތިންވަނައަށް ދިޔަ ބޮސްނިއާއަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ކެނެޑާއަށް ދެވަނަ ލިބުނީ، ހެޑް ޓު ހެޑަށް ބަލާއިރު ލަނޑުގެ ތަަފާތުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;