މި ހާދިސާއާ ގުޅިގެން އޯލް އިންޑިއަން ސިނޭ ވޯކާސް އެސޯސިއޭޝަން އިން ވަނީ ސެޓުގެ ސޭފްޓީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، މި މައްސަލައިގައި ފުލުހުންގެ ފަރާތުން ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރް) އެއް ރަޖިސްޓްރީ ކުރުމަށް ގޮވާލާފަ އެވެ.
އެސޯސިއޭޝަނުން ބުނިގޮތުގައި ފިލްމީ ސެޓުތަކުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ޕްރޮޑަކްޝަން ޓީމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ނަމަވެސް މި ހާދިސާގައި އިހުމާލުތަކެއް ވާކަމަށް ތުހުމަތުކޮށް، މަރުވި މީހާގެ އާއިލާއަށް ބޮޑު މާލީ ބަދަލެއް ހޯދައިދިނުމަށް ޖަމިއްޔާގެ އޮފީހުން ވަނީ ޑިމާންޑް ކޮށްފައެވެ. ބޮލީވުޑްގެ ސެޓުތަކުގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގަމުންދާތީ، މަސައްކަތްތެރިންގެ ހައްގުގައި ގާނޫނީ ފިޔަވަޅު އެޅުން މިހާރު ވަނީ މަޖުބޫރުވެފަ އެވެ.
މި ފިލްމަކީ ރަންބީރު، އާލިއާ ބަޓް އަދި ވިކީ ފަދަ ބޮޑު ކާސްޓެއް ހިމެނޭ ފިލްމަކަށް ވުމުން، ސެޓުގައި ހިނގި މި ހާދިސާއަށް މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. މި މަރުގެ މައްސަލައިގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ރަސްމީކޮށް ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;