ads
އިންވެސްޓްމެންޓްގެ ދާއިރާއިންނާއި، މެރިޓައިމް އަދި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މަޝްވަރާކުރުން. - ފޮޓޯ/ ރައީސް އޮފީސް
އިގުތިސާދީ ތަރައްގީއަށް މަސައްކަތްކުރުމަށް އެމެރިކާއާއެކު މަޝްވަރާއެއް
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް އެސް. ޕޯލް ކަޕޫރު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސްގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ. އަދި ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް މަޝްވަރާކުރެއްވި އެވެ. 

މި ބައްދަލުކުރެއްވުމުގައި އެސް ޕޯލް ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ. 

ރައީސް ވަނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މިބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ގައުމަށްވެސް ފައިދާހުރި ކަންކަމުގައި ދެ ގައުމުން އެކީގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ރާއްޖެއާއި އެމެރިކާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 9 އޭޕްރީލް 1966 ގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;