ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ސ. ހުޅުދޫ، ރިވާސައިޑު، އަހުމަދު ނާސިފް މިއަދު އައްޔަނު ކޮށްފައިވާ ކަމަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން ނާސިފް ވަކިކޮށް އޭނާ އެންމެ ފަހުން އައްޔަނުކުރީ ވެމްކޯގެ ޗެއާމަން ކަމަށެވެ.
އޭގެ ކުރިން ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ ކުންފުނީގެ ޗެއާމަން ކަމަށް އޭނާ އައްޔަން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ނާސިފް ވަނީ 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;