މިއީ، ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:
ޑީޖީޖީއަށް ސައިން-އަޕް ކުރުން
އަމިއްލަ ނަންބަރު ވެރިފައިކުރުމަށް ފަހު ޔޫޒަ-ނޭމް އަޕްޑޭޓްކުރުން
މި ލަކީޑްރޯގައި ބައިވެރިވެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސައިންއަޕް ކުރާ ގޭމަރުންނަށެވެ.
ދިރާގުން ގޭމަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ޑީޖީޖީ ޕްލެޓްފޯމުން އަގުހުރި އިނާމުތައް ހުށަހަޅައި އެކި މުބާރާތްތަކާއި ފެސްޓިވަލްތައް އަންނަނީ ބާއްވަމުންނެވެ. އަދި ދިވެހި ގޭމަރުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެ ޕްލެޓްފޯމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;