2017 ވަނަ އަހަރު ފެށި މި ހަރަކާތުގެ ދަށުން މިހާތަނަށް ރާއްޖޭގެ 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ފުރޮޅުލީ ގޮނޑި ވަނީ ދީފައެވެ.
ބީއެމްއެލުން ބުނީ، މި އަހަރު ބޭންކުން މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ. މިގޮތުން އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ފުރޮޅުލީ ގޮނޑިތަކުގެ އިތުރުން، މި އަހަރު އަލަށް ހާއްސަ މެނުއަލް ފުރޮޅުލީ ގޮނޑިތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
މި ގޮނޑިތަކަކީ އަމިއްލައަށް ގޮނޑި ދުއްވުމުގައި ދަތިތައް ހުންނަ އަދި އެހީތެރިންނާއި އާއިލާގެ އެހީތެރިކަމާއެކު އުޅޭ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ޚާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ގޮނޑިތަކެކެވެ.
މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;