ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް އޭނާގެ ނަން ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވީ މިދިޔަ ހޯމަ ދުވަހުއެވެ.
އޭނާ އެ މަގާމަށް އައްޔަންކުރަން ރައްޔިތުން މަޖިލީހުން ރުހުން ދީ ފާސްކުރީ އިއްޔެއެވެ.
އިލެކްޝަންސް ކޮމިޝަނަށް ޝަކީލް އައްޔަންކޮށްފައި މިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރުިން ހުންނެވި މުހައްމަދު ޒާހިދު މަގާމުން ކުއްލިއަކަށް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ނާކާމިޔާބީ ލިބުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ.
މި ސަރުކާރުންވެސް ޝަކީލް އީސީއަށް އައްޔަންކޮށްފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައިވެސް އީސީގެ މެމްބަރުކަން ޝަކީލް ވަނީ ކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;