ads
ނާސަރީ އެޅުމަށް އަޅަން އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ
ނާސަރީ އަޅަން 10 ރަށަކަށް 5 މިލިއަން ރުފިޔާ ދީފި
މި ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހައްދަން ނާސަރީ އަޅަން 10 ރަށަކަށް ފައިސާގެ އެހީ ދީފިއެވެ.
Advertisement

އެންވަޔަރަމަންމަޓް މިނިސްޓްރީން ބުނީ ނާސަރީ ހަދަން 10 ރަށް ކަނޑައެޅިއިރު ކޮންމެ ރަށަކަށް އެ މަސައްކަތް ކުރަން 500,000ރ. ގެ އެހީ ދޭން ނިންމާފައިވާކަމަށެވެ. އެހެންކަމުން މި މަސައްކަތަށް ޖުމްލަ 5 މިލިއަން ހޭދަވާނެކަމަށް މިނިސްޓްރީން ބުނެއެވެ. 

ނާސަރީ އަޅާ 10 ރަށް

  • ހއ. ކެލާ
  • ށ. މިލަންދޫ
  • ނ. ކެނދިކުޅުދޫ
  • ރ. އިންނަމާދޫ
  • ބ. މާޅޮސް
  • އއ. މަތިވެރި
  • މ. މުލައް
  • ތ. ކިނބިދޫ
  • ގއ. ދާންދޫ
  • ގދ. ތިނަދޫ 

މިނިސްޓްރީން ވަނީ ނާސަރީ އެޅުމުގެ އެއްބަސްވުމުގައި އެ ރަށްތަކުގައި ކައުންސިލްތަކާއި އެކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ސޮއިކުރި ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހއެވެ. 

އެ ނާސަރީތަކަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރާނެކަމަށާއި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް ހެއްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

މި ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށާއި މި އަހަރުގެ އަމާޒަކީ އިތުރު އެއް މިލިއަން ގަސް އިންދުންކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;