ads
އުޒްބަކިސްތާން ކޮޅަށް ތާރީހީ ލަނޑު ޖެހުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާ ފާޅުކުރަނީ
ފާޑުކީ މީހުންގެ އަނގަ ބަންދުކޮށް ރޮނާލްޑޯވެސް ހެދީ ރެކޯޑް
ފިފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޕޯޗުގަލަށް މޮޅެއް ނުލިބުމުން ފާޑުކީ މީހުންގެ އަނގަ ބަންދުކޮށް ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވޯލްޑްކަޕްގައި ރިކޯޑް ހަދައިފިއެވެ.
Advertisement

ފިފާ ވޯލްޑް ކަޕްގައި ރޭ އުޒްބަކިސްތާނު ކޮޅަށް ލަނޑު ޖަހައި، ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރިކޯޑް ވަނީ  ރޮނާލްޑޯ ވަނީ ހަދާފައެވެ. 

ރޮނާލްޑޯ އަލަށް ވޯލްޑް ކަޕެއްގައި ކުޅުނީ 2006ގަ އެވެ. އޭގެ ފަހުން މިހާތަނަށް ވޯލްޑްކަޕްގައި ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފައެވެ. މީގެކުރިން އެއްވެސް ކުޅުންތެރިޔަކަށް މިކަން ކުރެވިފައެއް ނުވެއެވެ. އެހެންކަމުން ރޮނާލްޑޯ ވެފައި މިވަނީ ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.  

ފިފާ ވޯލްޑް ކަޕްގައި ރޭ އުޒްބަކިސްތާނާއި ދެކޮޅަށް ނުކުތް މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖާހާފައެވެ. އަދި ރޭގެ މެޗް ޕޯޗުގަލް ކާމިޔާބުކުރީ 5-0 އިންނެވެ. ރޭގެ މެޗުގައި ރޮނާލްޑޯއަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުތައް ބޭކާރުވި ނަމަވެސް، އޭނާ މިވަނީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ދައްކުވައިދީފަ އެވެ. ފުރަތަމަ މެޗުގައި ޑިމޮރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ 1-1 އިން އެއްވަރުވެ މާޔޫސްވި އެވެ. ފާޑުކިޔުން އަމާޒުވި ކޯޗު ރޮބާޓޯ މާޓިނޭޒްގެ ޓީމުން މިވަނީ މި މެޗުގައި ތަފާތު ކުޅުމެއް ދައްކައިފަ އެވެ. 

މި ނަތީޖާއާއެކު ޕޯޗުގަލަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފަ އެވެ. އެއް މެޗުން ކޮލަމްބިއާއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ކޮންގޯއަށް އެއް މެޗުން ޕޮއިންޓެއް ވަނީ ލިބިފަ އެވެ. އުޒްބެކިސްތާނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;