ads
ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް
ފްރާންސް ކޯޗު ޑިޝޯމްޕް މަންމަގެ ކުއްލި މަރާއި ގުޅިގެން ޓީމު ދޫކޮށް އެނބުރި ގައުމަށް
މަންމަ މަރުވުމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ގައުމީ ޓީމާ ވަކިވެ، ފްރާންސަށް ހިނގައްޖެ އެވެ.
Advertisement

މިކަމުގެ ސަބަބުން ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި ނޯވޭއާ ދެކޮޅަށް ކުޅޭ ފަހު މެޗުގައި އޭނާއަށް އިރުޝާދު ނުދެވޭނެ އެވެ.

ފްރާންސްގެ އެފްއެފްއެފްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯވޭ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ކުރިން ބާއްވާ ތަމްރީނުތަކުގައި ޑިޑިއޭ ޑިޝޯމްޕްސް ބައިވެރިނުވާނެ ކަމަށާއި، އަދި ހުކުރު ދުވަހު ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭނާ ބެންޗުން ނުފެންނާނެ ކަމަށެވެ.

ކެޕްޓަނެއްގެ ގޮތުގައި ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕާއި، 2000 ގެ ޔޫރޯ ކާމިޔާބުކޮށްފައިވާ ކޯޗުގެ ޑިޑިއޭ ޑިޝޯމްޕްސް މަންމަ ނިޔާވި ހަބަރު އޭނާއަށް ލިބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އޭނާ ވަނީ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް ފްރާންސަށް ދިޔުމަށް ނިންމާފަ އެވެ.

ޑިޑިއޭ ޑިޝޯމްޕްސް އެނބުރި ގައުމަށް ދިއުމާ ގުޅިގެން، އޭނާ އެނބުރި ޓީމާ ގުޅެންދެން ހެޑް ކޯޗެއްގެ ހުރިހާ މަސްއޫލިއްޔަތުތަކާއި ޓީމުގެ ފުރިހަމަ ކޮންޓްރޯލް މިހާރު ވަނީ އެސިސްޓަންޓް ކޯޗު ގައި ސްޓެފަންއާ ހަވާލުކޮށްފަ އެވެ.

ސްޓެފަންގެ އިރުޝާދުގެ ދަށުން ނޯވޭއާ ދެކޮޅަށް ފްރާންސް ނިކުންނައިރު، އެ ޓީމަށް މާ ބޮޑު ފިއްތުންތަކެއް ނެތެވެ. ސަބަބަކީ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ސެނެގޯލް އަތުން 3-1 އިން އަދި އިރާގު އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެ، ފްރާންސް މިހާރުވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;