ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ. - ފޮޓޯ: އޭއެފްޕީ
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ތަށި ހަވާލުކުރާނީ ޓްރަމްޕް: އިންފަންޓީނޯ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތަށި ދެއްވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ބުނެފި އެވެ.
Advertisement

އިންފަންޓީނޯ ރޭ އިއުލާނު ކުރެއްވީ ޖުލައި 19 ވަނަ ދުވަހު އެމެރިކާގެ މެޓް ލައިފް ސްޓޭޑިއަމުގައި އޮންނަ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށެވެ. މޮޅުވާ ޓީމަކަށް ތަށި ހަވާލުކުރައްވާނީވެސް ޓްރަމްޕް ކަމަށް އިންޓަފީނިއޯ އިއުލާނުކުރެއްވި އެވެ.

"އަޅުގަނޑުމެން ރައީސް [ޓްރަމްޕާ] އެކީގައި ފައިނަލް މެޗު ބަލައިލުމުގައި ބައިވެރިވެ، މުބާރާތް ކާމިޔާބުކުރާ ޓީމަށް ތަށި ހަވާލުކުރާނީ ވެސް އެކުގައި،" ފީފާގެ ރައީސް އިންފަންޓީނޯ 'ފޮކްސް އެންޑް ފްރެންޑްސް' ޝޯގައި ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް، އުމުރުން 80 އަހަރުގެ ޓްރަމްޕް މިހާތަނަށް ވޯލްޑް ކަޕްގެ މެޗެއް ބަލަން ސްޓޭޑިއަމަކަށް ވަޑައިގެންފައެެއް ނުވެއެވެ. ވޯލްޑް ކަޕްގެ ކުރިން ފީފާއިން ޓްރަމްޕަށް ޕީސް ޕްރައިޒް އަރުވާފައިވާ އިރު، އެކަމަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައިވެ އެވެ. އަދި މިހާރު ހުރި ފީފާގެ ރައީސް އިންފަންޓީނޯ ޓްރަމްޕާ ބާއްވާ ގާތް ގުޅުމަށާއި އެމެރިކާގެ އިމިގްރޭޝަން މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާ ބައެއް ޓީމްތަކަށް "ޖެއްސުން" ކުރާތީ ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.

މި މަހު 11 ގައި ފެށި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް 26 ގައި ނިމޭނެ އެވެ. އަދި ގަދަ 32 ޓީމުގެ ބުރު މި މަހުގެ 28 އިން ޖުލައި 3 އަށް އޮންނައިރު ގަދަ 16 ޓީމުގެ ބުރު އޮންނާނީ ޖުލައި 4-7 އަށެވެ. 

ސެމީ ފައިނަލް މެޗުތައް އަންނަ މަހުގެ 14 އަދި 15 ގައި އޮންނައިރު ތިން ވަނަ ހޮވާ މެޗު ކުޅޭނީ 18 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ 19 ވަނަ ދުވަހު ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;