ads
އެސްޓީއޯގެ ފާމަސީއެއް -
ސްޓޭޓްފާމާއަށް ބަދަލުކުރަން ތިން ދުވަހަށް އެސްޓީއޯ ފާމަސީތައް ބަންދު!
އެސްޓީއޯ އިން ހިންގަމުން އަންނަ ފާމަސީތައް، އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރުމުގެ މަސައްކަތަށް އެސްޓީއޯގެ ބޭސް ފިހާރަތައް ތިން ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.
Advertisement

އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިޔުމަށް ފާމަސީތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތް ދީ، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށެވެ.

މި ބަދަލާއެކު ފާމަސީތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ 500 އަށްވުރެ ގިނަ މުވައްޒަފުން ވެސް އާ ކުންފުންޏަށް ބަދަލުވެގެންދާނެ އެވެ.

އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. ސްޓޭޓް ފާމާ އުފެއްދީ މިހާރު ކުރިމަތިވެފައިވާ، ބޭސް ނުލިބުމުގެ މައްސަަލައަށް ހައްލު ހޯދައި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެ މަސައްކަތް ކުރުމަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;