ހޯމަ ދުވަހު ހިނގި މި ހާދިސާގައި ގިނަ އަދަދެއްގެ ކުދިން މަރުވުމުން ސޯނޫ ސޫދު ވަނީ އިންސްޓަގްރާމްގައި ހިތާމަ ފާޅުކޮށް، އާންމުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައެވެ.
ސޯނޫ ސޫދު ބުނީ، މިއީ މިއަދުގެ މުޖުތަމައު ކަރުނަ އޮއްސުމަށްވުރެ ބޮޑަށް، ކުދިންނަށް ރައްކާތެރި މާހައުލެއް ބިނާކޮށްދޭން މަޖުބޫރުވެފައިވާ ވަގުތެއް ކަމަށެވެ. މަރުވި ކުދިންނަކީ މުސްތަގުބަލުގައި ގައުމު ބަދަލުކޮށްލާނެ ލީޑަރުންނާއި އާޓިސްޓުން ކަމަށާއި، އެ ކުދިންގެ ދިރިއުޅުން ފެށުމުގެ ކުރިން ނިމިގެންދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ މި ހާދިސާގެ ފުރިހަމަ ޒިންމާ ކަމާބެހޭ ފަރާތްތަކުން ނަގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ގޮވާލާފައެވެ.
މި ހާދިސާއާ ގުޅިގެން އުއްތަރަ ޕްރަދޭޝްގެ ޑެޕިއުޓީ ސީއެމް ބްރަޖޭޝް ޕާތަކް ވިދާޅުވީ، ހާދިސާގެ ތަހުގީގަށް މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، އިހުމާލުވި ބައެއް އޮފިޝަލުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ސަރުކާރުން މިހާރު ވަނީ ހާއްސަ އިންވެސްޓިގޭޝަން ޓީމެއް (އެސްއައިޓީ) އެކުލަވާލައި، މި އަލިފާނުގެ ހާދިސާ މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;