ads
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
މޯލްޑިވްސް ޒަކާތު ހައުސްއިން ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިއެވެ.
Advertisement

މި ފައިސާ އިއްޔެ ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)އަށް ޖަމާކޮށްފައިވާކަމަށް ޒަކާތު ފަންޑުން ބުނެއެވެ. 

ޒަކާތު ހައުސްއިން ބުނީ 21 ފެބުރުވަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. 

މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ތެލަސީމިއާ ބަލިމީހުންގެ ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;