ads
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
އަނެއްކާވެސް ދެމީހަކަށް ހިމަބިހި ޖެހި ޖުމްލަ އަދަދު 22 އަށް
ރާއްޖެއިން ނައްތާލާގައިވާ ހިމަބިހި މިދިޔަ ހަފްތާގައިވެސް ދެ މީހަކަށް ޖެހި ފަރުވާދެމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
Advertisement

މާލޭ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.  

އޭގެ ފަހުން ހިމަބިހި ފެތުރެމުން އަންނައިރު އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް މިދިޔަ ހަފުތާގައިވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު، މި އަހަރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 22 އަރާފައެވެ. 

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރޭގައި 2 ބިދޭސީއަކުވެސް ހިމެނެއެވެ. 

ހިމަބިހިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
  •  ފަރުވާ ހޯދަން ދާއިރު މާސްކު އަަޅައިގެން ދިއުން
  • އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް( ބަސް، ފެރީ، ޓެކްސީ ) ބޭނުން ނުކުރުންް 
  • ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން. 
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން 

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;