ads
ރޭގެ މެޗުގައި ޕެނަލްޓީ ބޭރަށް ޖެހުމަށްފަހު މެސީ
އެންމެ ގިނަ ޕެނަލްޓީ މިސްކުރި ރިކޯޑްވެސް މެސީއަށް
ވޯލްޑްކަޕްގެ ތާރީހުގައި އެއް ކުޅުންތެރިއަކު އެންމެ ގިނަ ޕެނަލްޓީ މިސްކޮށްލުމުގެ ރެކޯޑުވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ލިބިއްޖެއެވެ.
Advertisement

މިހާރު ކުރިޔަށްދާ ވޯލްޑްކަޕް 2026 ގައި ރޭ މެސީ ޖެހި ލަނޑާއި އެކު އޭނާ ވަނީ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. 

އެހެންނަމަވެސް ރޭގެ މެޗުގައި އެ ޝަރަފު ހޯދުމުގެ 29 މިނެޓް ކުރިން މެސީއަށް ވަނީ ވޯލްޑްކަޕްގައި އެހެން ރެކޯޑެއްވެސް މުގުރާލާފައެވެ. ރޭ އާޖެންޓީނާ އޮސްޓްރިއާ ދެކޮޅަށް ނުކުތް މެޗުގެ ނުވަވަނަ މިނެޓްގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ. 

އެ ޕެނަލްޓީ ލިބުނު އިރު ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދަން މެސީއަށް ބޭނުންވަނީ އެންމެ ގޯލެއް ޖަހާށެވެ. އެހެންކަމުން އާޖެންޓީނާގެ ޓީމުން އެ ޕެނަލްޓީ ޖަހަން މެސީއަށް ދިނެވެ. 

އެހެންނަމަވެސް މެސީ ޖެހި ޕެނަލްޓީ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. އެ ޕެނަލްޓީ މޭސީއަށް މިސްވުމުން އޭނާ މިވަނީ ވޯލްޑްކަޕުގައި އެހެން ރިކޯޑެއްވެސް ހަދާފައެވެ. އެއީ ވޯލްޑްކަޕްގެ ތާރީހުގައި އެއް ކުޅުންތެރިއަކު އެންމެ ގިނަ ޕެނަލްޓީ މިސްކޮށްލި ކުޅުންތެރިޔާގެ ރެކޯޑްއެވެ. 

މި ފަހަރުގެ މުބާރާތަށް އާޖެންޓީނާ ނުކުތް އިރު މެސީ އޮތީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ތިންވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. 

ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހިކަމުގެ ރެކޯޑް އޮތީ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭއާގެ އަތުގައެވެ. އޭނާ ވަނީ ވޯލްޑްކަޕްގައި 16 ގޯލު ޖަހާފައެވެ. ރޭ އޮސްޓްރީއާ ކޮޅަށް މެސީ ޖެހި ލަނޑާއި އެކު އޭނާ މިވަނީ ވޯލްޑްކަޕްގައި 17 ގޯލް ޖަހާފައެވެ. 

ރޭގެ ލަނޑާއި އެކު މެސީ މިވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 112 ގޯލު ޖަހާ ދީފައެވެ. އަދި މީ މެސީ ގައުމީ ޓީމަށް ކުޅެދިން 201 ވަނަ މެޗުވެސް މެއެވެ. އަދީ މީ މެސީ ވޯލްޑްކަޕް ކުޅޭ 6 ވަނަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;