ads
އިއްޔެ ކޮމިޓީ ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް: އޭނާ ވިދާޅުވީ އޭރު އިސްތިއުފާދެއްވީ މިނިވަންކަމާއެކީ މަސައްކަތްކުރެވޭނެ މާހައުލެއް ނެތުމުން ކަމަށް - ފޮޓޯ: މަޖިލިސް
އީސީގެ މެންބަރު ކަމަށް ޝަކީލު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
Advertisement

އީސީގެ މެމްބަރުކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ޝަކީލްގެ ނަމާއެކު، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައި ވެއެވެ.

އެ މައްސަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ޝަކީލް ހާޒިރުކޮށް އޭނާއާ އިންޓަވިއުކޮށްފަ އެވެ. އަދި އޭނާއަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ޝަކީލް މިހާރު ހުންނެވީ ޕީއެންސީގެ ރަޖިސްޓްރާގެ އިތުރުން އެ ޕާޓީގެ ސެނެޓުގަ އެވެ. 

ޝަކީލް މީގެކުރިންވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށިގެން ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާ އިރު، 2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައި ވެއެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;