ads
ހދ. ހިރިމަރަދޫ
ހިރިމަރަދޫގެ ބަޖެޓު އަންނަ މަހުން ފެށިގެން ލިބޭނެ: ތަރުޖަމާނު
ހިރިމަރަދޫގެ ބަޖެޓުން މިހާތަނަށް ނުލިބި ހުރި ހރިހާ ފައިސާއާއި އެއްކޮށް އަންނަ މަހުން ފެށިގެން އެރަށުގެ ބަޖެޓް ހަނިމާދޫ ކައުންސިލަށް ލިބެމުންދާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
Advertisement

ހިރިމަރަދޫގެ ކައުންސިލް ބަޖެޓް ނުލިބޭތީ ހަނިމާދޫ ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާތީ ހަނިމާދޫގެ ތަރައްޤީއަށް ކުރަމުން އަންނަ ބައެއް މަސައްކަތްތަޢް ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުން ހަނިމާދޫ ކައުންސިލުން ވަނީ މި ހަފްތާގައި ފާޅުކޮށްފައެވެ. 

އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގައެވެ.

ހަނިމާދޫ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހދ. ހިރިމަރަދޫ އަވަށު އޮފީސް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބޮޑު ހޭދަތަކެއް ކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަނިމާދޫގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހިރިމަރަދޫއަށް ކުރި ހަރަދުތައް

ހަނިމާދޫ ކައުންސިލުން ބުނީ މިދިޔަ މޭ މަހު ހިރިމަރަދޫ އަވަށު އޮފީހުގެ ބޭނުންތަކަށް ހަނިމާދޫގެ ބަޖެޓުން ޖުމްލަ 267,780.43 ހަރަދުކޮށްފައިވާކަމަށެވެ. 

  • މުވައްޒަފުންގެ މުސާރައާއި ޕެންޝަން: 160,419.94 ރުފިޔާ
  • އިޖުތިމާއީ ސަރަހައްދު ސާފުކުރުން: 55,800.00 ރުފިޔާ
  • ޤުރުއާން ކްލާސް ހިންގުން: 21,000.00 ރުފިޔާ
  • ކުނިކޮށި ބެލެހެއްޓުން: 15,000.00 ރުފިޔާ
  • ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުން: 6,600.00 ރުފިޔާ
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެލަވަންސް: 5,866.56 ރުފިޔާ
  • އިންޓަނެޓާއި ފޯނު ބިލްތައް (އުރީދޫ އަދި ދިރާގު): 3,093.93 ރުފިޔާ

މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ އަންނަ މަހު ހަނިމާދޫ ކައުންސިލަށް ބަޖެޓު ދޭއިރު ހިރިމަރަދޫގެ ބަޖެޓު އިތުރުކޮށް ބަޖެޓް ދޭން ފަށާނެކަމަށެވެ. އަދި އަންނަމަހު ފައިސާ ދޭއިރު ދޭނީ ކުރިން ނުދެވި ހުރި ބަޖެޓު ފައިސާވެސް ހިމަނައިގެން ކަމަށްވެސް މުންދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހިރިމަރަދޫ ބަޖެޓް ދިނުމުގައި ލަސްތަކެއް އުޅޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ އަސްލު ކުއްލިއަކަށް އެކަން ކޮށްފައި އޭގެ ތެރެއިން އޮނިގަނޑަށް ބަދަލު ގެންނަން ޖެހޭތީއާއި އެލްޖީއޭއަސްވެސް ބަދަލުތަކެއް އައުމުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;