އަމާން ދޯދީގެ ފަސްވަނަ ފްލެޓްގެ ދަވަނަ ބުރިން ވެއްޓުނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނީ އެ ކުއްޖާ ވެއްޓުނުކަމުގެ ރިޕޯޓް ލިބުނީ ރޭ 11:15 ހާއިރު ކަމަށެވެ.
އައިޖީއެމްއެޗާއި ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކުއްޖާގެ ފައިގެ ފަލަމަސްގަނޑާ ދިމާލުން ބިނދި ކަކޫ ވަރަށް ބޮޑަށް ވަނީ ދުޅަވެފައެވެ. އަދި ކުއްޖާގެ މޫނުމަތިން ވެސް އެކި ކަށިތައް ބިނދިފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ. އައިޖީއެެމްއެޗުން ބުނީ އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
އަމާން ދޯދި ޓަވަރުތައް ބަލަހައްޓާ އެފްޑީސީން ބުނީ ރޭ ގާތްގަނޑަކަށް 23:00 ހާއިރު، އަމާން ދޯދި ޓަވަރެއްގައި ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ވަނީ ލިބިފައިވާކަމަށެވެ.
މި ހާދިސާ ހިނގުމާއެކު، އެ ވަގުތު ޑިއުޓީގައި ތިބި މި ކޯޕަރޭޝަނުގެ މުވައްޒަފުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހާލަތު ބަލައި، ކަމާގުޅޭ އިދާރާތަކަށް މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް އެފްޑީސީން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކުން މިހާރު ދަނީ ކުރަމުންކަމަށްވެސް އެފްޑީސީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;