ads
ފުވައްމުލަކު ސިޓީ ކުނި ގޮނޑު
ފުވައްމުލަކު ކުނިގޮނޑު، ހައްލު ނުވެ އޮތް ބޮޑު މައްސަލައެއް!
ފުވައްމުލަކު ސިޓީގެ ކުނިގޮނޑު މައްސަލަ ހައްލު ނުވެ އޮތް ބޮޑު މައްސަލައެއް ކަމަށް ފުވަމުލަކު ސިޓީ ކައުންސިލްގެ އޮފިސަލަކު ވިދާޅުވެއްޖެ އެވެ.
Advertisement

މި މައްސަލަ އާއި ގުޅިގެން ފުވަމުލަކު ސިޓީ ކައުންސިލްގެ އޮފިސަލަކު "ސީއެންއެމް" އަށް ވިދާޅުވީ ސިޓީތަކުގެ ކުނީގެ ކަންކަން ކުރަމުން އަންނަނީ ވެމްކޯއިން ކަމަށާއި އެކަމަށް ސިޓީ ކައުންސިލުން ވާން ޖެހޭ އެހީއެއް އޮތީޔާ އެ ބޭފުޅުން ވަމުން އަންނަ ކަމުގައި އެވެ. 

އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ކުނި އުކާލާ ސަރަހައްދު ފުރިފައި ވުމުން ސިޓީ ކައުންސިލުން ވަނީ ވެމްކޯ އަށް އާ ސަރަހައްދެއްވެސް އެކަމަށް ހާއްސަކޮށް ދީފައި ކަމުގައި އެވެ. 

ނަމަވެސް މިހާރު އެ ސަރަހައްދުވެސް ވަނީ ފުރިފައި ކަމަށާއި ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ކަމާއި ގުޅުން ހުރި އެކި އިދާރާތަކަށްވެސް ލިޔަންޖެހޭ ސިޓީތައް ލިޔެފައިވީ ނަމަސްވެސް އަދިވެސް އެކަމަށް ބޭނުންވާ ހައްލެއް ލިބިފައި ނުވާ ކަމުގައި އެވެ. 

" ކޮންމެ ސަރުކާރަކުންވެސް ބުނަމުން އާދޭ އެމައްސަލައަށް ހައްލެެއް ގެނެސްދޭނެ ކަމަށް އެކަމު އަދި އަދަށް ދާންވެސް މިކަމަށް ހައްލެއް ގެނެވިފައި އެއް ނުވޭ. ކުނީގެ މައްސަލައަކީ އާންމުންގެ ތެރޭގައިވެސް ވަރަށް ބޮޑަށް އުފާލާފައިވާ ސަކުވާއެއް. އެކަން ހައްލު ކުރުމަށް ކައުންސިލުން ކުރަން ޖެހޭ މަސައްކަތެއް މިދަނީ ކުރަމުން" އެ އޮފިސަލް ވިދާޅުވި އެވެ

އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މި ކުނިގޮނޑު މިހާރުވެސް ވަނީ ފުރިގެން ބަންޑުވާން ކައިރިވެފައި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ހަމައެކަނި ކައުންސިލުން މަސައްކަތް ކޮށްގެން އެކަން ވާން ނޯންނާނެ ކަމުގަ އެވެ. 

އެކަން ހައްލުކުރުމަށް ސަރުކާރުގެ އެއްބާރުލުންވެސް ވަރަށް މުހިންމު ކަމަށް އޭނާ ފާހަގަ ކުރެއްވި އެެވެ. 

ފުވައްމުލަކު ކުނި ގޮނޑު ހުންނަ ސަރަހައްދުގައި މެހި ގިނަވެފައިވާ ކަމަށާއި އެ ސަރަހައްދުން އިންތިހާ އަށް ނުބައިވަސް ދުވުމުގެ އިތުރުން ނުރައްކާތެރި ކެމިކަލް އަދި ގޭސް ވެސް އެ ސަރަހައްދުގައި އުފެދެމުން އަންނަ ކަމުގެ ސަކުވާ އަކީ އާންމުންގެ ތެރޭގައި ގިނެވެފައިވާ ސަކުވާ އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;