ads
މޭރީ އަދީ އޭނާގެ ފިރިމީހާ މާވިން
މޭރީ މަރާލިކަން ފިރިމިހާ މާވިންގެ މައްޗަށް ސާބިތުވެއްޖެ
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށް މޭރީ މަރާލިކަން ސާބިތުވާކަމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ، އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީ މަރާލި ކަމުގެ ތުހުމަތުގައި، އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. މާވިންގެ ލޯބިވެރިޔާ،  އައިޖީއެމްއެޗުގެ ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނު  މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާކޮށްފައެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި، މާވިން އަދި ލަމްހާ ގުޅިގެން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ.  

މި މައްސަލާގައި މާވިންގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލްކޯޓުން މިއަދު ކަނޑައެޅިއިރު އަދަބާ މެދު ވާހަކަ ދެއްކުން އަންނަ މަހުގެ އެއްވަނަ ދުވަހު ކުރިޔަށް ގެންދިޔުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެގޮތަށް ކޯޓުން ނިންމީ މާވިންގެ ފަރާތުން ކޯޓުގއި އެދުމުންނެވެ. މި މައްސަލާގައި ހިމެނޭ މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ މައްޗަށް ކުށްސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ. 

ކޯޓު ނިންމުމުގައި ފާހަގަކޮށްފައިވާކަންކަން

  • އެ މައްސަލައިގެ ހަދިސާ ރިޕޯޓު އަދި މެޑިކަލް ރިޕޯޓުތަކުން މޭރީ މަރާލާފައިވާކަން ސާބިތުވޭ

  • މޭރީ މަރުވީ އަމިއްލައަށް ކަމަށް މާވިން ދައްކާފައިވާ ވާހަކަތަކަކީ އެ އަމަލު ފޮރުވަން ދައްކާފައިވާ ރޯބުހުތާނު ދޮގެއްކަން ސާބިތުވޭ

  • ޕޯސްޓްޕޯޓަމް ރިޕޯޓުން މޭރީގެ ކަރުގެ އެތެރޭގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާކަން ފެނޭ؛ އެއީ ކަރަށް ފިތިގެން ލިބޭނެ އަނިޔާއެއް ކަމަށް ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރު ބުނެފައިވޭ.

  • މާވިން ވަނީ ޗޮކްހޯލްޑް ޕޮޒިޝަންގައި ބަހައްޓާނެ ގޮތުގެ ފޮޓޯތަކެއް ސާޗުކޮށްފައި؛ މޭރީގެ ކަރުން ފެނުނު ޒަހަމުތައް ވައްތަރުވަނީ ނޭވާ ހާސްކޮށްލަން މީހަކު އުޅުމުން ލިބޭނެ ފަދަ ޒަހަމުތަކަކާ ކަން 

މާވިން އޭނާގެ އަންހެނުން މާރާލީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ޝަރީއަތް ނިމެދެން ބަންދު ޖަހާފައި ހުރި މާވިން ވަނީ ޖަލުގައި ހުރެ އިސްލާމްވެ އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;