ads
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވައިފި
އަމިއްލަ ޕާޓީ، ލޭބާ ޕާޓީގެ ތެރެއިން ކުރިމަތިވަމުން އައި ޕްރެޝަރުތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ސްޓާމާއަށް ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ފިއްތުންތައް އިތުރަށް ގޯސްވެފައިވަނީ، ހުކުރު ދުވަހު މޭކާފީލްޑް ދާއިރާގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައި، އެންޑީ ބާންހަމް ގާނޫނުހަދާ މަޖިލީހުގެ ގޮނޑިއެއް ކަށަވަރުކުރެއްވުމާ ގުޅިގެންނެވެ. މި އިންތިހާބަކީ ލޭބާ ޕާޓީގެ ލީޑާޝިޕާ ވާދަކުރެއްވުމުގެ ފުރުސަތު ބާންހަމްއަށް ހޯދައިދިނުމަށްޓަކައި، އެ ދާއިރާގެ ކުރީގެ މެންބަރު ޖޯޝް ސައިމަންސް އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބެކެވެ.

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައި ސްޓާމާ ވިދާޅުވީ ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށެވެ. އަދި އޭނަގެ ޕާޓީން މިހާރު ބޭނުންވާ ގޮތަށް ޕާޓީގެ ލީޑަރުކަމުން ވެސް އިސްތިއުފާ ދެއްވައި ސަރުކާރުގެ ބަދަލުކުރުމުގެ މަރުހަލާ ވަރަށް އޮމާން ގެންދަވަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނިންމި ކޮންމެ ނިންމުމަކީ އަޅުގަނޑު ލޯބިވާ ގައުމު އިސްކުރުމަށް ނިންމާފައިވާ ނިންމުމެއް، އެހެންވެ އަޅުގަނޑު ލޭބާ ޕާޓީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދިނީ، އަޅުގަނޑުގެ ނިންމުން އެމަނިކުފާނަށް އަންގަން މިއަދު ހެނދުނު ރަސްގެފާނާ ވާހަކަ ދައްކައިފިން.”އޭނާ ވިދާޅުވި އެވެ

ސްޓާމާ، 63، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2024 ގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 2020 ގެ ފަހުން ލޭބާ ޕާޓީ އަށް ވެރިކަމަށް އާދެވުނު ފުރަތަމަ ފަހަރެވެ.

ސިޔާސީ މައްސަލަތަކުގެ އިތުރުން، އިނގިރޭސިވިލާތުގެ އިގުތިސާދީ ހާލަތު ދަށްވުމަކީ ވެސް ސްޓާމާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިއަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިގުތިސާދީ ކުރިއެރުން 0.8 އިންސައްތައަށް ދަށަށް ދާނެކަމަށް ލަފާކޮށްފައިވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގުތައް އުފުލި، އިންފްލޭޝަން ރޭޓު 3.5 އިންސައްތައަށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހަމައެއާއެކު، ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާމެދު ވެސް ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މީގެ އިތުރުން، މުއްސަނދި ވިޔަފާރިވެރިންގެ އަތުން ހަދިޔާ ގަބޫލުކުރެއްވި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވުމުން ސްޓާމާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްސަލަތަކެއްގައި ކުރިން އޭނާ އަދާކުރެއްވި ދައުރާ ގުޅޭގޮތުން ވެސް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މަހުޖަނު އީލޮން މަސްކް ވެސް ވަނީ ސްޓާމާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;