ރައީސްގެ ގަރާރަކުން ވަނީ ދައުލަތުގެ އާންމު މަންފާއަށް ހިންގާނެ 19 މަޝްރޫއެއް ކަނޑައަޅާފައެވެ. އެ ހުރިހާ މަޝްރޫއަކީވެސް ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާ ބަޔާންކުރަން ޖެހޭ މަޝްރޫއުތަކެކެވެ.
އެގޮތުން ކަނޑައެޅި މަޝްރޫއުތައް
ފަތުރުވެރިކަމާ މަދަނީ އުދުންތަކާ ގުޅޭ 5 މަޝްރޫއު (މަދުވެގެން ޖުމްލަ 25 މިލިއަން ޑޮލަރު)
ދާހިލީ ސަލާމަތާއި ދިފާއީ ރައްކާތެރިކަން އަދި ފަންނިއްޔާތާ ގުޅޭ 5 މަޝްރޫއު (މަދުވެގެން ޖުމްލަ 155 މިލިއަން ޑޮލަރު)
ބިނާރާއި ގެދޮރުވެރިކަން އަދި އުމްރާނީ ތަރައްގީއާ ގުޅޭ 4 މަޝްރޫއު (މަދުވެގެން ޖުމްލަ 10 މިލިއަން ޑޮލަރު)
ޒުވާނުން ބާރުވެރިކަމާއި ހަށިހެޔޮކަމާ ގުޅޭ މަޝްރޫއެއް (މަދުވެގެން ޖުމްލަ 20 މިލިއަން ޑޮލަރު)
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ގުޅޭ 4 މަޝްރޫއު (މަދުވެގެން ޖުމްލަ 17 މިލިއަން ޑޮލަރު)
ރައީސް ގެ ގަރާރުގައު ވަނީ މި މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވެސް ބަޔާންކޮށްފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުރިއަށް ގެންދާ މަޝްރޫއުތައް ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;