ފިރާގް "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ވީހާތަނަށް ވެސް ސަރުކާރުން ހިއްސާވެގެން ޓޫއަރިޒަމްގެ ދާއިރާ ނެރެން ކުންފުނިތައް ވަނީ ފެއިލްވެފައި ކަމަށާއި ސަރުކާރުން ދަނީ މި ފަދަ ޕޮލިސީތައް އިރު އިރު ކޮޅުން ބަދަލުކުރަމުން ކަމުގައި އެވެ.
ފިރާގް ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ކަމެއް ކޮށްފި ނަމަ ކޮރަޕްޝަނަށް ވަރަށް ބޮޑަ މަގުފަހިވެގެން ދާނެ ކަމުގައި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ނިންމުންތަކާއި ހެދި ގެއްލުންތައްވެގެން ދަނީ ރައްޔިތުންނަށް ކަމަށާއި ގެއްލިގެން ދަނީ ވެސް ހަމަ ރައްޔިތުންގެ ފައިސާ ކަމުގައި އެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މި ފަދަ ނިންމުން ތަކަކީ ވަގުތީ ބޭނުމަކަށް ސަރުކާރުން ނިންމާ ނިންމުން ތަކެއް ކަމަށާއި އެ ފަދަ ނިންމުންތައް އަނެއް ސަރުކާރުން ހަވާލު ވުމާއި އެކު ނުވަތަ ސަރުކާރު ބަދަލުވުމުން ވަގުތުން ބަދަލުވެގެން ދާކަމަށެވެ.
ފިރާގް މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ދޫކުރާ ރަށް އެހެން ކުންފުންޏަކަށް ސަބް ލީޒް ނުވަތަ ކުއްޔަށް ނުދެވޭނެ ކަމަށް ނިންމާ އެ ގާނޫނަށް އިސްލާހު ގެނެސްފައި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން ވަނީ މިދިޔަ ޑިސެމްބަރު މަހު އެ ގާނޫނަށް ގެނައި އިސްލާހާ އެކު، އަމަލު ކުރާނެ ގަވައިދު އާންމުކޮށްފަ އެވެ.
އެ ގަވައިދުގައި އެސްއޯއީތަކަށް ރިސޯޓާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;