ads
ހަނިމާދޫއިން ހިރިމަރަދޫ ރައްޔިތުންނަށް ދޭން ބިން ކަނޑައަޅަނީ
ހިރިމަރަދޫއަށް ހަރަދުކުރަނީ ހަނިމާދޫ ކައުންސިލުން، އަސާސީ ހިދުމަތްތައް ހުއްޓިދާނެ
ހިރިމަދޫއަށް ހަނިމާދޫ ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާތީ ހަނިމާދޫގެ ތަރައްޤީއަށް ކުރަމުން އަންނަ ބައެއް މަސައްކަތްތަޢް ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ފަޅުކޮށްފިއެވެ.
Advertisement

އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގައެވެ.

ހަނިމާދޫ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހދ. ހިރިމަރަދޫ އަވަށު އޮފީސް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބޮޑު ހޭދަތަކެއް ކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަނިމާދޫގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. 

ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހިރިމަރަދޫއަށް ކުރި ހަރަދުތައް

ހަނިމާދޫ ކައުންސިލުން ބުނީ މިދިޔަ މޭ މަހު ހިރިމަރަދޫ އަވަށު އޮފީހުގެ ބޭނުންތަކަށް ހަނިމާދޫގެ ބަޖެޓުން ޖުމްލަ 267,780.43 ހަރަދުކޮށްފައިވާކަމަށެވެ. 

  • މުވައްޒަފުންގެ މުސާރައާއި ޕެންޝަން: 160,419.94 ރުފިޔާ
  • އިޖުތިމާއީ ސަރަހައްދު ސާފުކުރުން: 55,800.00 ރުފިޔާ
  • ޤުރުއާން ކްލާސް ހިންގުން: 21,000.00 ރުފިޔާ
  • ކުނިކޮށި ބެލެހެއްޓުން: 15,000.00 ރުފިޔާ
  • ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުން: 6,600.00 ރުފިޔާ
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެލަވަންސް: 5,866.56 ރުފިޔާ
  • އިންޓަނެޓާއި ފޯނު ބިލްތައް (އުރީދޫ އަދި ދިރާގު): 3,093.93 ރުފިޔާ

ހަނިމާދޫ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު 

ހަނިމާދޫ އަވަށު އޮފީސް (ހިރިމަރަދޫ)ގެ މިހަރަދުތައް ކުރެވިފައިވަނީ ހަނިމާދޫ ކައުންސިލްގެ ބަޖެޓުންކަމަށްވުމާއި ހިރިމަރަދޫގެ ބަޖެޓު (ބްލޮކް ގްރާންޓް) އަދިވެސް ހަނިމާދޫ ކައުންސިލަށް ޖަމާކޮށްފައި ނުވާކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ. އަދި މިހާތަނަށް ހަނިމާދޫ ކައުންސިލަށް ކުރެވުނު މަސައްކަތުން ރަޢީސުލްޖުމްހޫރިއްޔާގެ އެންގުމާއި އެއްގޮތަށް ހިރިމަރަދޫ ކައުންސިލްގެ ބްލޮކް ގްރާންޓް ހަނިމާދޫ ކައުންސިލަށް ސަރުކާރުން ދޫކުރާނެ ކަމުގެ އެއްވެސް އަލިމަގެއް ފެނިފައިނުވާކަމަށެވެސް ހަނިމާދޫ ކައުންސިލުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ހަނިމާދޫ ރައްޔިތުންނަށް ފޯރުކޮސްދޭ އަސާސީ ބައެއް ހިދުމަތްތައް ހުއްޓުމުކަަށް އަތުވެދާނެކަމުގެ ކަންބޮޑުވުން ކައުންސިލުން ވަނީ ފާޅުކޮށްފައެވެ. 

" ކުރިއަށް އޮތް މުސްތަޤުބަލުގައިވެސް ހިރިމަރަދޫ ރައްޔިތުންނަށް އަސާސީ ބައެއް ހިދުމަތްތަކާއި ރަށްވެހި ހިދުމަތް ދިނުމަށް ހަރަދުތަށް ކުރަންޖެހޭނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅިފައިވާ ބަޖެޓުންކަމަށް މިކައުންސިލުން ދެކެމެވެ. މިކަމުގެ ސަބަބުން ހަނިމާދޫ ރައްޔިތުންނަށް މިކައުންސިލުން ފޯރުވައިދޭ އަސާސީ އަދި ރަށްވެހި ހިދުމަތްތައް ދިނުމުގައި ލަސްވުންތަކެއް ނުވަތަ ބައެއް ހިދުމަތްތައް ދިނުން ހުއްޓުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ އިތުރުން ހަނިމާދޫގެ ތަރައްޤީއަށް މިކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލުން ނުވަތަ މަޑުޖައްސާލުމަށް ޖެހިދާނެކަންވެސް ހިތާމަޔާއެކު ފާހަގަކުރަމެވެ." ހަނިމާދޫ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރައީސް ގެ ގަރާތަކުން ވަނީ ހދ. ހިރިމަރަދޫ މީހުންނުޅޭ ރަށަކަށް ހަދާ އެރަށު އުންސިލު އުވާލާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;