ވޯލްޑް ކަޕުގައި މުޅިން އަލަށް ވާދަ ކުރަމުން އަންނަ ކޭޕް ވާޑޫއިން އިތުރު މުހިންމު ޕޮއިންޓެއް ހޯދިއިރު، އެ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުން ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައި، އެއްވަރުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ކޭޮޕް ވާޑޭއަށް މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ކެވިން ޕީނާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައި ވަނީ 35 ޔާޑު ދުރުން ފޮނުވާލި ހިލޭ ޖެހުމަކުން ނެވެ. މިއީ ވޯލްޑް ކަޕެއްގައި ކޭޕް ވާޑޭގެ ފުރަތަމަ ލަނޑެވެ.
ނަމަވެސް، މި ލަނޑަށް ފަހު ކޭޕް ވާޑުން ކުރިއަށް ޖެހިގެން ކުޅެން ފެށުމުން، އުރުގުއޭ އިން ވަނީ އޭގެ ފައިދާ ނަގާފަ އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އުރުގުއޭގެ މެކްސީ އަރައުހޯ ބޮލުން ޖަހައި ގޯލަށް ވައްދާލި ގޯލުން ނަތީޖާ ހަމަހަމަކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަ ވަނަ މިނެޓުގައި އަގުސްޓިން ކަނޮބިއޯ ވަނީ އުރުގުއޭއަށް އިތުރު ލަނޑެއް ޖަހައިދީ 2-1 ގެ ކުރިއެރުމެއް ހޯދައިދީފަ އެވެ
ދެ ވަނަ ހާފަށް ކޭޕް ވާޑުން ނުކުތީ ބަދަލުތަކަކާއެކުގަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ ދެ މިނެޓު ތެރޭގައި، ހީލިއޯ ވަރޭލާ ވަނީ ކޭޕް ވާޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މި ލަނޑަކީ އުރުގުއޭގެ ޑިފެންޑަރު މަތިއަސް އޮލިވޭރާ ފަހަތަށް ދޭން އުޅުނު ބޯޅައެއް ކީޕަރު ފެނާންޑޯ މުސްލޭރާއަށް ލިބުމުގެ ކުރިން ވަރޭލާ ހޯދައި، ހުސް ގޯލަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އުރުގުއޭގެ ފެޑެރީކޯ ވަލްވާޑޭ ޖެހި ލަނޑެއް ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމި އެވެ.
މި ނަތީޖާއާއެކު އުރުގުއޭއަށް ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ގްރޫޕުގެ ފަހު މެޗުން ސްޕެއިން އަތުން މޮޅުވުން މުހިންމުވާނެ އެވެ. ސައުދީ އަރަބިއްޔާ ބަލިކޮށްގެން ކޭޕް ވާޑްއަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އޮންނާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;