ads
ދަ ގްރީން
އަލީ ސީޒަން ބޭންޑެއް އުފައްދައިފި
މަޝްހޫރު ފިލްމީ ތަރި، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަލީ ސީޒަން "ދަ ގްރީންސް"ގެ ނަމުގައި އާ ބޭންޑެއް އުފައްދައިފި އެވެ.
Advertisement

މިކަމާއި ގުޅިގެން ސީޒަން ސީއެންއެމް އަށް ކިޔާދިން ގޮތުގައި މި ބޭންޑްގައި އޭނާގެ އިތުރުން ވޯކަލިސްޓް ތީލް، ގިޓަރިސްޓް ސިރާ އަދި ކީބޯޑްޑިސްޓް ސާއިދު ހަރަކާތްތެރި ވާނެ ކަމުގައި އެވެ. 

"މިކަން އަސްލު ފެށުނީ ހަމަ މަޖަލަކަށް އާއިލާގެ އެކި އެކި ހަފްލާތަކުގައި މި ބޭންޑުން ވަނީ މިހާތަނަށް ކުޅެފަ އަދި ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުން" ސީޒަން ކިޔާދިނެވެ.

ސީޒަން ފާހަގަ ކުރި ގޮތުގައި މިދިޔަ އީދުގެ ތެރޭގައި ވެސް ހަމަ އާއިލާ އާއި ރަހުމަތްތެރިންނަށް މި ބޭންޑުން ޕާފޯމް ކޮށްފައިވާ ކަމަށާއި އެ ކަމުގެ ތެރެއިން މި ބޭންޑް އާންމުގެ ތެރެއަށް ނިކުމެ ޕާފޯމް ކުރުމުގެ ހިޔާލު އައުމުން އެކަން ކުރަން ނިންމީ ކަމުގައި އެވެ. 

އޭނާ އިތުރަށް ބުނިގޮތުގައި މިކަން ކުރާ އިރުވެސް އާއިލާ އަދި ރަހުމަތްތެރިންގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި އެކަމަށްޓަކާއި އެ މީހުންނައް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމުގައި އެވެ. 

your imageދަ ގްރީން

ކުރިޔަށް އޮތްތަނުގައި ވެސް ހަމަ ޝޯތައް ލިބޭ ވަރަކުން އެ ބޭންޑުން ކުޅެމުންދާނެ ކަމަށާއި މިކަމަކީ ކޮންމެހެން ކެރިއާރް އެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. 

އޭނާ ބުނީ މި ބޭންޑްގެ ހުރިހާ ފަންނާނުންވެސް ހުސްވަގުތުގައި ލިބޭ ޝޯތައް ނަގާނެ ކަމުގައި އެވެ. 

ދަ ގްރީންސް އިން އެންމެ ފަހުން ކުޅެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގައި ކުރިޔަށް ދިޔަ "ނޭޕާ ޖަތްރާ"ގެ ތެރެއިން ނެވެ. މި ސޯ ދަ ގްރީންގެ އިތުރުން އުޖަން ސަކްޔާ އަދި ކުމާ ސާގަރު ވެސް ބައިވެރިވެފައިވެ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;