ads
މ. އަތޮޅުގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ އަދި ސްޓެލްކޯގެ އެމްޑީން އެއްބަސްވުން ބަދަލުކުރައްވަނީ: ކުރިން އެހެން ބައެއް އަތޮޅުތަކުގެ ޔުޓިލިޓީ ހިދުމަތްތައް ވެސް ސްޓެލްކޯގެ ދަށަށް ވަނީ ބަދަލުކޮށްފައި -- ފޮޓޯ/ސްޓެލްކޯ
މ. އަތޮޅުގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފި
ފެނަކައިން ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ތިން އަތޮޅެއް ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމައި އެ މަސައްކަތުގެ ތެރެއިން މ. އަތޮޅުގެ އެއް ރަށް ފިޔަވައި އެހެން ހުރިހާ ރަަށަކާ ސްޓެލްކޯއިން ރަސްމީކޮށް މިއަދު ހަވާލުވެއްޖެ އެވެ.
Advertisement

ސްޓެލްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނިން ހަވާލުވެފައިވަނީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި، ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއެވެ. މީގެ ކުރިން މި ރަށްތަކަށް އެ ހިދުމަތް ދެމުން ގޮސްފައިވަނީ ފެނަކައިންނެވެ.

އެރަށްތަކުގެ ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމާއި ބެހޭ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަފީފް ހުސެއިންނެވެ.

މިއާ އެކު ސްޓެލްކޯއިން ހަވާލުވީ އިތުރު ހަތް ރަށުގެ ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އެއީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރު، މުލި، ނަލާފުށި، ރަތްމަންދޫގެ އިތުރުން ވޭވަށެވެ.

ސްޓެލްކޯއިން ބުނީ ކުރިން އެއްބަސްވެފައިވާ ގޮތަށް މ. މުލަކާއި ބ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށް ވެސް ސްޓެލްކޯއަށް ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

މި ބަދަލާ އެކު ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު ޖުމްލަ 61 ރަށަށް ފުޅާވެގެންދާނެ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;