ads
ލަމްހާ ކޯޓުގައި
މޭރީގެ މަރުގެ މައްސަލަ ސާބިތުވޭތޯ މާދަމާ ކަނޑައަޅަނީ
އައިޖީއެމްއެޗުގައި ކުރިން މަސައްކަތްކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި މާވިންގެ ލޯބިވެރިޔާ، ހަލީމަތު ލަމްހާގެ މައްޗަށް ކުރާ ދައުވާތަކުގެ ކުށް ސާބިތުވޭތޯ ކަނޑައެޅުމުގެ އަޑު އެހުން މާދަމާ މެންދުރު ފަހަށް ތާވަލުކޮށްފިއެވެ.
Advertisement

މޭރީ މަރާލި މައްސަލައިގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ދައުލަތުންވަނީ އުފުލައިފައެވެ. އަދި މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް، ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެއެވެ. މި މައްސަލަތަކުގެ އަޑު އެހުން ނިންމައި، ހުލާސާ ބަޔާންވަނީ މީގެ މަހެއްހާ ދުވަސްކުރިން އިއްވާފައެވެ.

މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މާވިންގެ މައްޗަށް އަދި އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ ދެ މީހުންނަށް ވެސް މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ބަންދުގައި ހުރެ، މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;