ads
20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ސަރުކާރުން މަޖިލީހަށް
ސިނގިރޭޓު ޑިއުޓީ 4ރ .އަށް ކުޑަ ކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

މީގެ ކުރިން 3.50ރ. ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ. އަށް ބޮޑުކުރީ މި ސަރުކާރުން ޑިސެމްބަރު 2024ގަ އެވެ. ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ އެކަން ހުއްޓުވުމަށްކަމަށް ބުނެއެވެ. 

ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއްވަރު ފަހުން ޑިއުޓީ ކުޑަކުރަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މޭމަހުގެ 31 ގައެވެ. އެދުވަހު އެކަން އިއުލާންކުރައްވަމުން  ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެދުމަށް ސިނގިރޭޓް ޑިއުޓީ ކުޑަކުރަން މަޝްވަރާކުރަމުން އަންނަކަމަށެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރު ފަރާތުން ހުށައެޅީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ. 

އޭނާ ހުށައެޅި ބިލިގުައިވަނީ ސިނގިރޭޓްގެ އިތުރުން  ބިޑިއަކުން ނަގާ ޑިއުޓީ 4ރ. އަދި އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި %30 ނެގުންމަށްވެސް ހިމަނާފައެވެ. މީގެއިތުރުން ދުންފަތުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ބާވަތްތަކުން ޑިއުޓީ ނުނެގުމަށްވެސް ވަނީ ބިލުގައި ހިމަނާގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;