ads
ވަގަށް ވެއްދި 6000 ވުރެ ގިނަ ވޭޕް ކަސްޓަމުގެ ބެލުމުގެ ދަށުގައި
ވަގަށް ވެއްދި 6000 ވުރެ ގިނަ ވޭޕް އަނެއްކާވެސް އަތުލައިގެންފި
ވަގަށް ވެއްދި 6000 ވުރެ ގިނަ ވޭޕް އަނެއްކާވެސް ކަސްޓަމުން އަތުލައިގެންފި އެވެ.
Advertisement

ކަސްޓަމުން ބުނަި ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، އިއްޔެ، މާލޭ ކޮމާޝަލް ހާބަރުގައި،ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. 

މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި އެތެރެކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އެގޮތުން އެ ޝިޕްމަންޓްގެ ތެރެއިން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ފެނިފައިވާކަމަށާއި، މި ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. 

 މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރެވެމުންކަމަށްވެސް ކަސްޓަމުން ބުނެއެވެ. 

your imageވަގަށް ވެއްދި 6000 ވުރެ ގިނަ ވޭޕް ކަސްޓަމުގެ ބެލުމުގެ ދަށުގައި

ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި  15،601 ވޭޕް ކާޓްރިޖް ކަސްޓަމުން ވަނީ މިދިޔަ ބުރާސްފަތިދުވަހުވެސް އަތުލައިގެންފައެވެ. 

މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓުކަމަށް ކަސްޓަމުން ބުނެއެވެ. 

ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި ހިންގުނު 3 އޮޕަރޭޝަނެއްގައި މިހަތަނަށް މިވަނީ  28637 ވޭޕް ކާޓްރިޖް އަތުލައިގެންފައިކަމަށް ކަސްޓަމުން ބުނެއެވެ  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;