ads
ގްރޭޑް 9-10ގެ ކުދިން ނިދަނީ މެންދަމުން އަލިވާއިރު: ދިރާސާ
ރާއްޖޭގެ ބައެއް ސްކޫލުތަކުގެ ގްރޭޑް 9-10ގެ ގިނަ ދަރިވަރުން ނިދަނީ މެންދަމުން އަލިވާ ފަހުން ކަމަށް، އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
Advertisement

އެ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފްސަރު އަދި އެތަނުގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ ވިދާޅުވީ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ސަބަބުތައް ދެނެގަތުމަށް ދިރާސާތަކެއް ހެދިކަމަށެވެ. 

އެ ދިރާސާ ހެދީ މާލެ ސަރަހައްދުގެ ގިނަ ސްކޫލުތަކާއި ކ. އަތޮޅާއި އއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ސްކޫލުތަކުގެ ގްރޭޑް 9-10ގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދިރާސާއިން ދެއްކީ ވަރަށް ހިތާމަވެރި ނަތީޖާއެއް ކަމަށެވެ. 

އެގޮތުން ކުދިން ނިދަނީ މެންދަމުން އަލިވެ ތިނެއް ހަތަރެއް ޖަހާއިރުކަން ދިރާސާއިން ހާމަވިކަމަށް ޝާފިޔާ ވިދާޅުވިއެވެ.  ދީރާސާއިން ދެއްކު ގޮތުން ކުދިން ނުނިދާ ގިނަ ވަގުތު ހޭދަކުރަނީ ފޯނުގައިކަންވެސް ވަނީ އެނގިފައެވެ. 

ނިދުން މަދުވުމުގެ ސަބަބުން ދަރިވަރުން ކްލާހަށް ގޮސް ނިދިޖެހުމާއި، ކްލާހަށް ހާޒިރު ނުވެވުމާއި ޓީޗަރުން ދެކެ ހިތްހަމަނުޖެހުން ފަދަ ކަންކަން ދިމާވާ ކަމަށްވެސް ޝާފިޔާ ވިދާޅުވިއެވެ.

މީގެއިތުރުން ކުދިން ލަހުން ނިދީމާ، ހެނދުނުގެ ބަނޑު ސަކަރާތްވުމާއި މޫޑު ގޯސްވުމާއި ބޮލުގެ ރިހުން ފަދަ ކަންކަން ދިމާވެ، ސްކޫލަށް ނާދެވޭގޮތްވާކަމަށްވެސް ޝާފިޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;