ads
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ޒިޔަތު: އޭނާ އިސްތިއުފާ ދެއްވީ، އެތަނުގެ ބޯޑުން ވަކި ކުރި ފަހުން -- ފޮޓޯ: ސަން
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު އިސްތިއުފާދެއްވައިފި
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުގެ މަގާމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ, މިދިޔަ މާރިޗު މަހުގެ 16ވަނަ ދުވަހު އެ ކުންފުނީގެ ބޯޑުގެ އެގްޒެކުޓިވް މެންބަރުކަމުގެ މަގާމުން ވަކިކޮށް, ހަމަ އެކަނި ޑެޕިއުޓީ ސީއީއޯއަކަށް އައްޔަން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ޒިޔަތު އިސްތިއުފާ ދެއްވީ ކޮން ސަބަބާކާ ހުރެ ކަމެއް ނޭނގެ އެވެ. ނަމަވެސް ޒިޔަތު އިސްތިއުފާ ދެއްވީ، ލަމްއާން ވެސް ޑެޕިއުޓީ ސީއީއޯކަށް ހަމަޖެއްސުމާ އެކު އެވެ.

ޒިޔަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒިޔަތު އެންމެ ގިނަ ދުވަހު އުޅުއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި އޭނާ 15 އަހަރު ވަންދެން އުޅުއްވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;