މެކްސިކޯގެ އެސްޓާޑިއޯ މޮންޓަރޭގައި މިއަދު ކުޅުނު ވޯލްޑް ކަޕްގެ ތާރީހީ 1،000 ވަނަ މެޗުގައި ޖަޕާނަށް ދެ ލަނޑު ޖަހައިދިނީ 31 އަދި 83 ވަނަ މިނިޓްގައި އަޔާސޭ އުއެޑާ އެވެ.
ޖަޕާނުން ތިން ވަަނަ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. މިއީ، އުއޭޑާ ދިން ބޯޅައަކަށް އަރައި، ޖުންޏާ އީޓޯ ތިރިތިރިން ގޯލަށް ފޮނުވާލި ބޯޅައެކެެވެ. އޭގެ 12 މިނިޓް ފަހުން، ޖަޕާނުން ވަނީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ޖަޕާނުގެ ހަތަރު ވަނަ ލަނޑު ޖެހީ އުއޭޑާ އެެވެ. އޭނާ ވަނީ އޭރިއާތެރެއަށް ހުރަސްވި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
ޖަޕާނުގެ އިޓޯ (ވ) ޓިއުނީޝިއާގެ ގޯލަށް ބޯޅަ ފޮނުވާލަނީ - ފޮޓޯ: އޭޕީ
މިއީ، ޖަޕާނުން ވޯލްޑް ކަޕްގެ މެޗެއްގައި ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ޖަޕާނުގެ މި ވަރުގަދަ ކުޅުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓެންޖެހޭ ފަދަ ކުޅުމެކެވެ. ހާޖީމޭ މޮރިޔާސޫގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޖަޕާނު ޓީމުގައި، އެހެން ބޮޑެތި ގައުމުތަކުގައި ތިބި ފަދަ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ތަރިން މަދު ނަމަވެސް، އެ ޓީމުގެ ކުޅުމުގެ ޖޯޝާއި ހިތްވަރާއި ކުޅުންތެރިން ކުރާ މަސައްކަތަކީ ޖަޕާނުގެ އެންމެ ބޮޑު އައިޑެންޓިޓީއެވެ.
މިއީ ޓިއުނީޝިއާގެ އާ ކޯޗު، ހާވޭ ރެނާޑްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ސްވިޑެން އަތުން ބަލިވުމުން އެ ޓީމުގެ ކޯޗު، ސަބްރީ ލަމޫޗީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މުބާރާތުގައި ޖަޕާން ދެން ކުޅޭ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ޓިއުނީޝިއާ ބައްދަލުކުރާނީ ނެދަލެންޑްސް އާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;