އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި އެކުއެޑޯ އާއި ކިއުރެސާއޯ (ރާއްޖޭ ގަޑިން މިއަދު ހެނދުނު) ކުޅުނު "ގްރޫޕު އީ" ގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މުބާރާތުގައި ކުރިއަށްދިއުމަށް މި ދެ ޓީމަށް ވެސް މި މެޗުން ތިން ޕޮއިންޓް ހޯދުން އޮތީ މަޖުބޫރުވެފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި، ކިއުރެސާއޯ އިން އައިވަރީ ކޯސްޓާ ކުޅޭއިރު، ޖަރުމަނުން ބައްދަލުކުރާނީ އެކުއެޑޯއާ އެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ކިއުރެސާއޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖުނީނިއޯ ބަކޫނާ ފޮނުވާލި ބާރު ހަމަލާ، އެކުއެޑޯގެ ކީޕަރު ގަލިންޑޭޒް ވަނީ މަތަކޮށްފަ އެވެ. މީގެ އިތުރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ވެސް އެކުއެޑޯގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ޕްލަސީޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ކިއުރެސާއޯ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އެކުއަޑޯއާ ކިއުރެސޯ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ފީފާ.ކޮމް
އިކުއެޑޯގެ ވަރުގަދަ ހަމަލާތައް ހުއްޓުވުމުގައި ކިއުރެސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ އިކުއެޑޯގެ ނުރައްކާތެރި 13 ހަމަލާއެއް ދިފާއުކޮށްފަ އެވެ. މީ 2014 ވަނަ އަހަރު އެމެރިކާގެ ކީޕަރު، ޓިމް ހޮވާޑް، އެއް މެޗެއްގެ 90 މިނިޓް ތެރޭ، 15 ސޭވް ކޮށްގެން ހަދާފައިވާ ރެކޯޑާ އެއްވަރުގެ އަދަދެކެެވެ.
އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗުން ކިއުރެސޯ ހޯދީ ޕޮއިންޓާއެކު މި ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށް، ޖަރުމަނުން ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ކުރިމަތިލާއިރު ބާކީ އޮތް ތިން ޓީމަށް ވެސް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;