ads
އުންޑާވް މެޗުން މޮޅު ކޮށްދިން ގޯލު ޖެހުމަށް ފަހު - ފޮޓޯ: އޭއެފްޕީ
ފީފާ ވޯލްޑް ކަޕް: ފަހު ވަގުތު އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަން ދެވަނަ ބުރަށް
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނިޒް އުންޑާވް ޖެހި ދެ ލަނޑާއެކު ޖަރުމަނުން 2-1 އިން އައިވަރީ ކޯސްޓް ބަލިކޮށް، ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގައި ހިމެނޭ ޖަރުމަނުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
Advertisement

ޓޮރޮންޓޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 30 މިނެޓްގައި އައިވަރީ ކޯސްޓުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އަރިމަތިން ޔެން ޑިއޮމާންޑޭ ނެގި ހުރަހަކުން އޭރިއާތެރެއިން އަމަދު ޑިއާލޯ ފޮނުވާލަން އުޅުނު ބޯޅަ، އެޓީމުގެ ކެޕްޓަން ފްރޭންކް ކެސިއޭ އަށް ލިބުނު ވަގުތު އޭނާ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން އައިވަރީ ކޯސްޓަށް ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އޭގެ ނަތީޖާއަކަށްވީ މެޗުގެ 68 ވަނަ މިނިޓްގައި ޖަރުމަނުން ނަތީޖާ އެއްވަރުކުރުމެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުމެ، ނަޑިއެމް އަމީރީ އާއި ޑެނިސް އުންޑާވް ގުޅިގެން ކާމިޔާބުކުރި ގޯލެކެވެ. އަމީރީ ބަލާލާފައި އޭރިއާތެެރެއަށް ނަގައިދިން ބޯޅަ އުންޑާވް ވަނީ ހަމަޖެހިލައިފައި ބޮލުން ގޯލަށް ފޮނުވާލައިފަ އެެވެ.

your imageއުންޑާވް (ވ) މެޗުން މޮޅު ކޮށްދިން ގޯލު ޖެހުމަށް ފަހު - ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން، ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓު މޮޅުކޮށްދޭން ބަދަލު ކުޅުންތެރިޔާ ސިމޯން އަޑިންގްރާ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ 1-1 އިން އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، ޖަރުމަނުން ސަޕޯޓަރުން ހިނިތުންވުން ލިބުނީ އިތުރު ވަގުތުގެ 94 ވަނަ މިނެޓުގަ އެވެ.

ފީލިކްސް އެންމެޗާ ދިން މޮޅު ޕާހަކުން އުންޑާވް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އެނބުރިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައި ޖަރުމަނަށް މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި ގްރޫޕުން ޖަރުމަނު ދެވަނަ ބުރަށް ދަތުރުކުރިއިރު، ފުރަތަމަ މެޗުގައި އިކުއެޑޯ ބަލިކުރި އައިވަރީ ކޯސްޓަށް ދެން ޖެހޭނީ ގްރޫޕްގެ ފަހު މެޗުގައި ވޯލްޑް ކަޕްގެ އަލަށް ވާދަކުރާ ކިއުރަސާއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;