ads
ރައީސް މުއިއްޒު ޝައިހް އިސްމާޢީލް މުހައްމަދާއި އެކު
ޝެއިހް އިސްމާއީލަކީ އިލްމުވެރިންގެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް: ޜައީސް
ފަލީލަތުއްޝައިހް އިސްމާޢީލް މުހައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ އިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އިސްލާމްދީން ކުރިއެރުވުމުގައި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝައިހް އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު) އުމުރުން 91 އަހަރުގައި ރޭ ވަނީ  އަވަހާރަވެފައެވެ. 

އެކަމުގެ ހިތާމާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝައިހް އިސްމާޢީލް މުހައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް  އިހްސާސް ކުރުވިކަމެއްކަމަށެވެ. 

" ޝައިހް އިސްމާއީލް މުހައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ދިވެހި ޤައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހިދުމަތުގެ އިސް ސަފުގައި ހިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޒެއްވެސްމެ." އެކްސްގައި ކުރެއްވި ޕޯސްޓުގައި މުއިއްޒު ވިދާޅުވިއެވެ.

ޝައިހް އިސްމާޢީލް މުހައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިއު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޝައިހް އިސްމާޢީލް މުހައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ އިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;