ads
ފެނަކަގެ އާ އެމްޑީ މުވައްޒަފުންނާއި ބައްދަލުކުރުމުގެ ތެރެއިން
ހަތަރު މަހުގެ މުސާާރައާއި އެކު ފެނަކައިން ވަކިވާން އެދުނީ 97 މީހުން
ހަތަރު މަހުގެ މުސާާރައާއި އެކު ފެނަކައިން ވަކިވާން އެދުނީ 97 މީހުންކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަދުކުރަން ނިންމާ، އަމިއްްލަައަށް ވަކިވާން އެދޭ މުވައްޒަފުންނަށް ހަތަރުމަހުގެ މުސާރަ އެއްކޮށް ދޭން އެކުންފުނިން ނިންމާ މުވައްްޒަފުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެފައިވަނީ އަމިއްލައަށް މުވައްޒަފުން ވަކިވާން ދިން މުއްދަތުގައި 97 މުވައްޒަފަކު އެކަމަށް އެދި ހުށައަޅާފައިވާކަމަށެވެ. ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 8000 އަރާކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފައެވެ. 

ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތުވެސް މުވައްޒަފުންނަށް ވަނީ ހުޅުވާލާފައެވެ. 

ފިނޭންސް މިނިސްޓްރީގެ އެންގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކުންފުނިތަކަށް އަންގާފައެވެ.  

އެ ސއެންގުމާއި ގުޅިގެން ބައެއް ކުންފުނިތަކުން ވަނީ މީހުން މަދުކުރުމުގެ މަސައްކަތް ފަށާ އެކަން މުވައްޒަފުންނަށް އަންގާވެސް ފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;