ads
މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ހުޅުމާލެ ފޭސް2 ގެ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަތް މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ، އެތަނުގައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ މިއަދު ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި މީހާ ހައްޔަރުކޮށްފައި ވަނީ ފިހާރަ ތެރޭގައި މާރާމާރީ ހިންގަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މި މާރާމާރީގެ މައްސަލަ އެ މުއައްސަސާއިން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;