މި ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި ރަސްފަންނު މޫދުގެ ފެންވަރު ބަދަލުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެ ސަރަހައްދު ހަދާފައިވާ ގޮތުން އޮއި ބަދަލުވުމަށް ހުރި ހުރަސްތަކާއި އެކު ކަމަށާއި އާންމުކޮށް މޫދު ސާފުވެފައި ހުންނަނީ ގުދުރަތީ ގޮތުން ފެން ބަދަލުވެ، އޮއި ދައުރުވާނަމަ ކަމުގައި އެވެ.
ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދަކީ ފެން ދައުރުވުން ވަރަށް ކުޑަ، އެއްތަނެއްގައި ފެން ބެދިފައި ހުންނަ ގޮތަށް އޮންނަ ތަނެއް ކަމަށް އެ ދިރާސާއިން ހާމަކޮށްދެ އެވެ.
މީގެ އިތުރުން، އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަކޮށްފައި ވަނީ މާލޭގެ ނަރުދަމާ ނިޒާމުން ކަނޑަށް ނަޖިސް ބޭރުކުރުމަށް އަޅާފައިވާ މައި ހޮޅިތައް އެ ސަރަހައްދާ ކައިރީގައި ހުރުމެވެ.
އޮއިވަރު ހުންނަ ގޮތުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން، ކަނޑަށް ދޫކުރާ މި ނަޖިސްތަކުގެ އަސަރު ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ދަމައިގަތުމުގެ ފުރުސަތު ބޮޑުވާކަން ދިރާސާގެ ހޯދުންތަކުން ވަނީ ދައްކައިފަ އެވެ.
ހަމައެއާއެކު ފެން ދައުރުވުން ކުޑަވުމާއި ނަޖިހުގެ އަސަރު ފޯރުމުގެ ސަބަބުން، އެ ސަރަހައްދުގެ ފެނުގައި ގެއްލުންދެނިވި ބެކްޓީރިއާގެ މިންވަރު އިތުރުވުމުގެ ފުރުސަތު އޮވެ އެވެ.
މިއީ އެ ސަރަހައްދަށް ފަތަންދާ މީހުންނަށާއި، ހާއްސަކޮށް ކުޑަކުދިންނަށް ހަމުގެ ބަލިތަކާއި، ބޮލުގައި ރިއްސުމާއި، ބޭރަށްހިންގުން ފަދަ ސިއްހީ އެކި މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
ރަސްފަންނު ހުޅުވި ފަހުން ވެސް ފެނުގެ ކޮލިޓީ ދަށްވެގެން އެކި ފަހަރު މަތިން އެ ސަރަހައްދު ބަންދުކުރަން ޖެހުނު ހާދިސާތަކަށް މި ދިރާސާގައި ވަނީ އަލިއަޅުވާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;