ads
ކަނޑު އޮތްގިރިއަށް ބޮޑު ކަންނެލި ގަންނަން ފެށުން: ކިލޯއެއް ގަންނަނީ 25 ރުފިޔާއަށް - ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
ބޮޑުކަންނެއްޔަށް ރަނގަޅު އަގު ހޯދައިދޭން މަސްވެރިންގެ ބައިވެރިވުން މުހިންމު: ރައީސް
ބޮޑުކަންނެލި ކިރާ އަގު ދަށަށް ދިޔައީ ސަރުކާރުގެ މަސްކުންފުނި މިފްކޯ، އެ ވިޔަފާރިއާ ދުރަށް ދިއުމުން ކަމަށާއި ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ މިސަރުކާރު އައި އިރުގައި މިފްކޯ އިން ބޮޑުކަންނެލި ގަތުން އޮތީ ހުއްޓާލާފައި ކަމަށާއި މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަނބުރާ ގެންނަން ކަަމަށެވެ. އެ ވިޔަފާރީގައި މިފްކޯ އިިން ހާސިލުކުރާ ކަންތައްތައް އިތުރު ކުރަން މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ބޮޑުކަންނެލީގެ ވިޔަފާރީގައި މިފްކޯ ހަރަކާތްތެރިވާ ނަމަ ބޮޑުކަންނެއްޔަށް ކުރިން ލިބުނު އަގު ހޯދުމަކީ ހާސިލުކުރެވޭނެ ކަމެކެވެ.

ރޯމަހުގެ ގޮތުގައި ބޮޑުކަންނެލި އެކްސްޕޯޓްކުރަން މިފްކޯއިން ހިންގި ކަނޑުއޮތް ގިރީގެ އޮޕަރޭޝަން ހުއްޓާލައި އެ ކުންފުނިން އެ ވިޔަފާރި މުޅިން ދޫކޮށްލާފައި ވަނިކޮށް، މިފްކޯއަށް ބޮޑުކަންނެލި އަލުން ގަންނަން ފެށީ މި ފަހުންނެވެ. 

ފެލިވަރު ކޭނިން ފެކްޓްރީ އާއި މިފްކޯގެ އެހެން ބައެއް ސެންޓަރުތަކަށް ވެސް އެ ބާވަތް ގަންނަން ފެށީ މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން ކުރި ކަނޑުމަތީގެ އިހުތިޖާޖަށް ފަހުގަ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމްކުރި އެ އިހުތިޖާޖަށް ފަހު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ޔޫނިއަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. 

އޭގެ ފަހުން މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފެށި ނަމަވެސް އެ ކުންފުނިން އަދި ވެސް ބޮޑުކަންނެލި ކިލޯއަކަށް ދޭ އެންމެ މަތީ އަގަކީ 25ރ. އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;